މުހައްމަދު ޝިފާޒް

މިނިސްޓަރު ކަމުން ޝިފާޒު ވަކިކުރައްވައިފި

Mar 29, 2023
1

ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، މިނިސްޓަރު ކަމުން ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒު ހަމަޖެއްސެވީ ނޮވެމްބަރު 22، 2018 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި ޝިފާޒު މަގާމުން ވަކިކުރައްވާފައިވާއިރު ޝިފާޒު އޮފީހަށް ނުނިކުންނަވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ ޝިފާޒު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒު ވަކިކުރިއިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.