މޯލްޑިވްސް ޕޮލިސް ސާވިސް

ސީޓީއޯސީގައި ބައިވެރިވެވަޑައިގަތުމަށް ރިޔާޒް ޖަރުމަނަށް

Feb 1, 2016

ގްލޯބަލް ކައުންޓަރިން ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް (ސީޓީއޯސީ) އެލުމިނި ކޮމިއުނިޓީ އޮފް އިންޓްރެސްޓް ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕުރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ޖަރުމަނަށް ވަޑައިގެންފި އެވެ.

މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ރިޔާޒް ޖަރުމަނަށް ފުރާ ވަޑައިގަތީ އިއްޔެ އެވެ.

ފުލުހުން ބުނީ ޖޯޖް ސީ.މާޝަލް ޔޫރަޕިއަން ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒުން ބާއްވާ މި ވޯކްޝޮޕް މިއަދުން ފެށިގެން އަންނަ ބުރާސްފައްޗާ ހަމައަށް ކުރިޔަށްދާނެ ކަމަށާއި ވޯކްޝޮޕްގައި ގްލޯބަލް ކައުންޓަރިން ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމްގެ ނުރައްކާތަކާއި މިފަދަ ކުށްތައް ހުއްޓުވުމަށް އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެސްޓް ޕްރެކްޓިސްތަކުގެ އިތުރުން މަޢުލޫމާތުތައް ހިއްސާކުރާނެ ކަމަށެވެ.