ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުންދާ ގާޒީ ބިލްޑިން ތަޅާލުމަށް ނިންމައިފި އެވެ.
ގާޒީ ބިލްޑިން ތަޅާލުމަށް ތައްޔާރުވަމުންދާތީ އެ ތަނުގައި ހިންގަމުންދާ އޮޑިޓާ ޖެނަރަލް އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހުސްކުރަން ސަރުކާރުން މިހާރު ވަނީ އަންގާފަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އަމާޒަކީ މިއަހަރުގެ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް އިމާރާތް ތަޅާލުމެވެ.
ގާޒީ ބިލްޑިން ތަޅާލުމަށްފަހު އެ ބިމުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށް ޕާކެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގާޒީ ބިލްޑިން ތަޅާލުމަށް ނިންމާފައި މިވަނީ އެ ބިލްޑިންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ހުރަވީ ބިލްޑިން ތަޅާލުމަށްފަހު އެތަނުގައި ޕާކެއް ހެދުމަށްފަހު އެވެ.