ދިރާގު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު މާލެ އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

ގުޑި އެރުވުމަކީ ރޯދަ މަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަގުބޫލު ހަރަކާތެކެވެ.

ދިރާގު ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުންމީދު ކުރަނީ މި މަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުމެވެ.

ހުރިހާ އުމުރު ފުރައެއްގެ ކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ދިރާގު ގުޑިފެސްޓް އިވެންޓްގައި ދިރާގުން އެކި ވައްތަރުގެ ގުޑި ބަހާނެ އެވެ.

ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ.