މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޝިހާމު އާއި ސަފާއަށް ކޮމެޓީން ރުހުން ދީފި

Apr 2, 2023

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތަކުގެ ތެރެއިން ސަފާ ޝަފީގު އާއި ޝިހާމު މުހައްމަދު ވަހީދަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދީފި އެވެ.

ސަފާ ޝަފީގު އާއި ޝިހާމު މުހައްމަދު ވަހީދަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދިނީ އިންޓަވިއު ކުރުމަށްފަހު އެވެ.

ބްރޯޑްކޮމްއަށް ސަފާ ޝަފީގު އާއި ޝިހާމު މުހައްމަދު ވަހީދު ކުރިމަތިލެއްވީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލުމުންނެވެ.

އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވެފައިވާއިރު ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހަތަރު ނަމެއް ފޮނުއްވެވި އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން ފޮނުއްވި ނަންތައް

  • ޝަފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ
  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143
  • ޝާން ސޯލިހް މުހައްމަދު، ފިނިވާދީގެ، ދ. ކުޑަހުވަދޫ
  • ހުސެއިން އަމްރު، ވ. ރޯޝަން

މީގެ އިތުރުން ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް މިއަހަރުގެ ޖެނުއަރީ މަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

ބްރޯޑްކޮމް އިން ގައިސް އިސްތިއުފާ ދެއްވުމުން މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޝާން ސޯލިހް މުހައްމަދު، ފިނިވާދީގެ، ދ. ކުޑަހުވަދޫ އާއި ހުސެއިން އަމްރު، ވ. ރޯޝަން ހިމެނެ އެވެ.

މީގެ އިތުރުން ބްރޯޑްކޮމްއަށް ކުރިމަތިލެއްވީ އާމިނަތު ނުޒުހާ، ރިވޯޑު، ހއ. ހޯރަފުށި، އާއި މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ އަދި މަރްޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ އެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްއަށް ކޮމެޓީއަށް ހުށަހެޅުނު ނަންތަކުގެ ތެރެއިން ކޮމިޓީން ރުހުންދިނީ އާމިނަތު ނުޒުހާ އާއި ހުސައިން އަމްރު އަދި ނަރީމާން ޝަރީފު އަށެވެ.