މަގުމަތީގެ އެކްސިޑެންޓް

ޕިލިޕީންސްގައި އެކްސިޓެންޓްވި ދިވެހި ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެނީ

Apr 2, 2023

ފިލިޕީންސްގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

އަނިޔާވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ލުހެއިމް މުހައްމަދު އިސްމާއީލް (21 އ) އަށެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ލުހެއިމް ދުއްވި ސައިކަލު، ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އޭނާ އަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެކްޓް ކަން ކިޔަވަމުންދާ ދަރިވަރެކެވެ.

އެކްސިޑެންޓްގައި ލުހެއިމްގެ ބޮލާއި ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

އޭނާ އަށް މިވަގުތު ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.