އެމްއޭސީއެލް

މެލޭޝިއާގެ ބަޓިކް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Apr 3, 2023

މެލޭޝިއާގެ ބަޓިކް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކުރިއަށް އޮތް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ބަޓިކް އެއާލައިނުން މިހާރު ވަނީ ނިންމާފަ އެވެ.

ބޮއިން 737ގެ ބޯޓު ބޭނުންކޮށްގެން ކުރާ މިދަތުރުތަކުގައި މެލޭޝިއާ އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަކާއި މެލޭޝިއާ، ސްރީލަންކާ އަދި ރާއްޖެ އަށް ކުރާ ޓްރާންސިޓް ދަތުރުތަކެއްވެސް ހިމެނެ އެވެ.

އެމްއޭސީއެލްގެ މައުލޫމާތުތަކަށް ބަލާއިރު 36 އެއާލައިނަކުން މިވަގުތު ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެ އެވެ. މީގެއިތުރުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ކުރާ އެއާލައިންތަކެއް ވެސް ހުރެ އެވެ.