ޖުމްހޫރީ ޕާޓީ

ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ފަސް ފަރާތަކަށް

Apr 3, 2023
1
ގާސިމް އިބްރާހީމް ރައީސް އޮފީހުން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ފަސް ފަރާތަކަށް ދައުވަތު ދޭން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފި އެވެ.

ގާސިމް ސޮއިކުރައްވާ މިއަދު ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ފަސް ފަރާތަކަށް ފޮނުވާފަ އެވެ. އެއީ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޕީޕީއެމްއާއި، ރައީސް މައުމޫންގެ އެމްއާރުއެމްއާއި، ކާނަލް މުހައްމަދު ނާޒިމުގެ އެމްއެންޕީ އާއި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ބާރު ގާސިމް އިބްރާހީމަށް ދީފަ އެވެ.

ޕީޕީއެމް އާއި އެމްއެންޕީން އަދި އުމަރު ނަސީރު ގެންދަނީ އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ބުނަމުންނެވެ.

ގާސިމްއާ އެކު މިވަގުތު މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ހިމެނޭ ބޭފުޅުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އެމަނިކުފާނުގެ ޕާޓީ -- އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީއާއި އެމްޑީއޭ ވަނީ ނިންމާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުޖޫ

ފިކުރެއްގެ ދިރުމަާ އެކީ ކޯލިޝަން ހަދާނަމަ އެހެން އެއްވެސް ޕާޓީއެއް ނުވަތަ ޢަންމު ރައްޔިތަކުވެސް ޖޭޕީ ކޮޅަކަށް ނާރާނެ. އެބައިގަނޑަކީ ދިވެހި ގައުމަށް އޮތް ހަލާކެއް. ވަތަނަށް އޮތް ނުރައްކަލެއް. އިސްލާމް ދީނަށް އޮތް މުސީބާތެއް. އަދި ދިވެހި ރައްޔިތުންނަށް އޮތް ބޮޑުވެގެންވާ ވަބާއެއް. ގާސިމް ހޮވުނަސް ވެރިކަން ކުރިއަކަ ނުދޭނެ. ޔަހޫދީންނަށްވުރެ ނުލަފާވާނެ. ބަލަން ތިބޭތި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345