ހުޅުމާލެ އިން 15 ބިމެއް ވިއްކުމަށް ނިންމާ ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ބިން ވިއްކަނީ ހުޅުމާލޭގެ ބީޗް ސައިޑުން 1،600 އަކަފޫޓާއި 2،300 އަކަފޫޓުގެ 10 ބިމާއި، ބީޗް ފްރަންޓުން 1،200 އަކަފޫޓާއި 1،800 އަކަފޫޓުގެ ފަސް ބިމެވެ.
އާބަންކޯ އިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން މި ބިންތަކަށް ބީލަށް ހުށަހެޅޭނީ 18 އަހަރުން މަތީގެ ދިވެހިންނަށާއި 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ.
ބީލަން ހުށަހަޅަން ޖެހެނީ އާބަންކޯ އިން މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއްގެ ތެރެއިން ކުރިއަށް އޮތް މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
ބިޑު ހުށަހަޅާއިރު އެއް މިލިއަން ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެ އެވެ.
ހުޅުމާލެ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 60 ބިން އަދި މިދިޔަ އޮގަސްޓް މަހު 74 ބިން ވިއްކާފައިވެ އެވެ.