ދުނިޔެ

ސައޫދީ-އީރާން ގުޅުމާ ހެދި އެމެރިކާ ޝޮކްޖެހިފައި

ސައުދީ އަރަބިއްޔާ އާއި އީރާން އެއްގަލަށް އަރައި ސުލްހަވުމަށް ހެދި އެއްބަސްވުމުގެ ސަބުން ތަލިހިކި ބަސްހުއްޓިވަޑައިގެން ހުންނެވި ކަމަށް ސީއައިއޭގެ ޑައިރެކްޓަރު ޖެނެރަލް ވިލިއަމް ބާންސް ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާއަށް ކުރިއާލައި ރޭވުމެއް ނެތި ވަރަށް ކުއްލި ގޮތަކަށް ވަޑައިގެން ސައުދީ އޮފިޝަލުންނާ ބައްދަލުކުރައްވައި ބާންސް ވިދާޅުވީ "ތިޔަ ހެއްދެވި ގޮތަކުން އެމެރިކާ އޮތީ ބޯއަނބުރާފައި" ކަމަށެވެ.

ބާންސް ވިދާޅުވި ކަމަށް ވޯލް ސްޓްރީޓް ޖާނަލުގައި ބުނެފައިވަނީ އީރާނާއި ސީރިއާއާ އެކު ގުޅުން ބަދަހިކުރަން ސައުދީން ކުރި އިޚްތިޔާރާ މެދު ގޮތެއް ނިންމުމުގެ ތަނަވަސްކަން އެމެރިކާގެ ބުއްދީގައި ނެތް ކަމަށެވެ.

ސައޫދީއަށް އައި ކުއްލި ބަދަލާ މެދު އެމެރިކާ އޮތީ ވަރަށް ކަންބޮޑުވެ އިޚްތިޔާރު ގެއްލިފައި ކަމަށްވެސް ބާންސް ވިދާޅުވި އެވެ.

ސައޫދީ އާއީ އީރާންގެ ޚާރިޖީ ވަޒީރުން ބުރާސްފަތި ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްދަލުކުރައްވައި ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފަށަން އެއްބަސްވެ ވަޑައިގެންފަ އެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސް ސައޫދީއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދެ ގައުމުގެ އެއްބަސީތައްވެސް ލަސްނުކޮށް ހުޅުވާނެ އެވެ.

އަނެއްކޮޅުން އަރަބި ލީގުގައި ސީރިއާ ބައިވެރިކުރުމާ މެދު ގޮތެއް ނިންމައި މަރުހަލާތައް އަވަސްކުރުމަށް ސައުދީން ވަނީ ގޮވާލާފަ އެވެ.