ދުނިޔެ

ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އީރާނަށް

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސލް ބިން ފަރުހާން ހޮނިހިރު ދުވަހު އީރާނަށް ވަޑައިގަންނަވާނެ އެވެ. އޭނާއާ އެކު ސައޫދީގެ ޚާރިޖީ ސިޔާސަތާ ބެހޭ އޮފިޝަލުންގެ ވަފުދެއް ވެސް އީރާނަށް ވަޑައިގަންނަވާނެ ކަމަށް އީރާންގެ ތަސްނީމް ނޫސް އޭޖެންސީން ޚަބަރުދެ އެވެ.

ސައޫދީ އާއި އީރާންއާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް ހުޅުވުމުގެ މަރުހަލާގައިވާއިރު އިރާންގައި ސައޫދީ އެންބަސީ އަދި ނުހުޅުވަ އެވެ.

ވަޒީރުގެ މި ދަތުރުގައި ތެހެރާންގައި ސައޫދީ އެމްބަސީ ހުޅުވާނެ ކަމަށް ކުރިން އޮތީ ޚަބަރު ފެތުރިފަ އެވެ.

ސައޫދީ އާއި އީރާންއާ ދެމެދު އަލުން ގުޅުން ބަދަހިކުރުމަށް އީރާގުގައި ފެށި މަޝްވަރާތައް ޗައިނާއަށް މުގޫލައި ވަނީ ކޮޅެއްގައި ޖައްސާފަ އެވެ. އެއަށް ފަހު ދެ ގަމުގެ އޮފިޝަލުން ދެކުނު އެފްރިކާ އަދި ސައޫދީގައި ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ފައިސަލް ބިން ފަރުހާންގެ މި ދަތުރުގައި އީރާންއާ އެކު އިގްތިސާދީ އަދި ސަލާމަތީ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އީރާނާއި ސައޫދީއާ ދެމެދު ވައިގެ ދަތުރުތައް ފުޅާކޮށް -- ވިޔަފާރިވެރިންނަށް ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ އެވެ.

އީރާނާއި ސައޫދީ ސިޔާސީ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. އެއީ ތެހެރާންގައި ހުރި ސައޫދީގެ އެމްބަސީގައި އީރާންގެ ޝީއީ ގުރޫޕްތަކުން ހުޅުޖެހުމާ ގުޅިގެންނެވެ. މި ހާދިސާގައި ސައޫދީގެ އޮފިޝަލުންނަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.

ސައޫދީ ދެކެ ޝީއީ ގުރޫޕްތަކުން ރުޅިއަރައިގަތީ ޝީއީންގެ ދަންނަބޭކަލެއް ކަމަށް ބުނާ ނިމްރު އަލް ނިމްރު މަރަން ހުކުމްކޮށް ސައޫދީން އެ ހުކުމް ތަންފީޒުކޮށް އޭނާ މަރާލުމުންނެވެ.

އޭނާ މަރާލަން ޖެހުނީ ސައޫދީގައި ފިތުނަ އުފައްދައި ބައިބައިކުރަން ގޮވާލައި އެއްވުންތައް ބާއްވަން ފެށުމުން އިދާރާތަކުން ތަކުރާރުކޮށް ދިން ނަސޭހަތް އޭނާ ގަބޫލުނުކުރުމުންނެވެ.