އެސްޓީއޯ

20 އެމްބިއުލާންސް ގަންނަން އެސްޓީއޯއާ ހަވާލުކޮށްފި

Apr 10, 2023
1

ހެލްތު މިނިސްޓްރީއަށް 20 އެމްބިއުލާންސް ގަނެ ހަވާލުކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

އެމްބިއުލާންސް ގަތުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ސައީދެވެ.

އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް 90 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން އެދިގެން އެސްޓީއޯއިން މީގެ ކުރިންވެސް އެމްބިއުލާންސް ފޯރުކޮށްދީފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހު 96 އެމްބިއުލާންސް ފޯރުކޮށްދީފައިވެ އެވެ.