އީދު ނަމާދު

ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ

Apr 12, 2023

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމައިފި އެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. އަދި ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބޯޅަ ދަނޑުގަ އެވެ.

އީދު ނަމާދަށް ބޮޑު ޖަމާއަތަށް ދާ މީހުން ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ސަމާލުކަން ދޭންވީ ކަންކަން

  • ގެއިން ވުޟޫކޮށްގެން ދިއުން
  • އަމިއްލަ މުސައްލައެއް ގެންދިއުން
  • އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ނިންމި ނަމަވެސް އެ ދުވަހު މޫސުން ތަންނުދޭނަމަ އީދު ނަމާދުކުރުން ކުރިއަށްދާނީ މިސްކިތްތަކުގައި ކަމަށެވެ.

ސަރުކާރުން އެކުލަވާލާފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.