ގަތަރާއި ބަރްރެއިންއާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރަން ނިންމައިފި އެވެ. މި ދެ ގައުމުގެ ގުޅުން ބަލިކަށިވެ ސިޔާސީ ގުޅުން ކަނޑާލާ ހިސާބަށް ދިޔައީ 2017 ގަ އެވެ.
މި ދެ ގައުމުގެ ގުޅުން ބަލިކަށިވެ ސިޔާސީ ގުޅުން ކަނޑާލާ ހިސާބަށް ދިޔައީ 2017 ގައެވެ.
ގަތަރާއި ބަހްރެއިން ސިއާސީ ގޮތުން މުއާމަލާތައްތައް އަލުން ފެށުމަށްޓަކައި ސައޫދީގެ ވެެރިރަށް ރިޔާޒްގައި ހުންނަ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ އިދާރާގައި ވަނީ ބައްދަލުވުއްތައް ބާއްވާފަ އެވެ.
މި ބައްދަލުވުމަށް ފަހު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް ދެ ގައުމުގެ އޮފިޝަލުން ވަނީ އެއްބަސްވެފަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް އދ.ގެ އުސޫލުތަކާއި ވިއޭނާ ކޮންވެންޝަންގައި ބުނާ ސިޔާސީ މިންގަނޑުތައް ދެމެހެއްޓުމަށް މި ދެގައުމު ވަނީ އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަކީ ދެ ގައުމަށް ވެސް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށް މަޝްވަރާތަކުގައި ވަނީ ބަޔާންކޮށްފަ އެވެ.
ބަހްރެއިން އިން 2017 ގައި ގަތަރާ ގުޅުން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާތީ ކަމަށް ތުހުމަތުކުރުމަށްފަހު އެވެ. ބަހްރެއިންއާ އެކު ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރު ވެސް ހިމެނެ އެވެ.
ގަތަރުން އީރާނާ އެކު މާގާތް ގުޅުން އޮތުމަކީ ވެސް އަރަބި އެކުވެރި ގައުމުތަކުން ޖެއްސި މައްސަލައެކެވެ. އަނެއްކޮޅުން މުސްލިމް ބްރަދާހޫޑުން ހިންގާ ޕްރޮޕެގެންޑާތަކަށް ގަތަރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ވެފައި އޮތީ ބޮޑު މައްސަލައަކަށެވެ.
މުސްލިމް ބްރަދާހޫޑަކީ އިސްލާމުން ކަމަށް ހެދިގެން ތިބެ މުސްލިމް ގައުމުތައް ފަސާދަކުރާ އަދި ސުންނަތް ޖަމާއަތަށް ނަފުރަތު އޮންނަ ބައެކވެ. ގަތަރުން ވަނީ މުސްލިމް ބްރަދާހޫޑްގެ ބޮޑެތި ލީޑަރުންނަށް ވެސް ހިމާޔަތްދީފަ އެވެ.
ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އަދި މިސްރުން ވެސް މިހާރު ވަނީ ގަތަރާ އެކު ގުޅުން އިއާދަކޮށް އެކުވެރި މާހައުލެއްގައި މުއާމަލާތްކުރަން ފަށާފަ އެވެ.