އުމްރާ ދަތުރު

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެ

Apr 14, 2023

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެ އެވެ.

މައްކާގައި ގެއްލިގެން ހޯދަމުން ދިޔައީ ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ އެވެ.

އޭނާ އުމްރާއަށް ދިޔައީ ތާބިތް ހައްޖު އެންޑް އުމްރާ ގުރޫޕާ އެކު އެވެ.

ފާތިމަތު ގެއްލިގެން ހޯދަމުން ދަނިކޮށް މިހާރު ފެނިފައިވާ ކަމަށް ތާބިތް ގުރޫޕްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

ހައްޖާއި އުމްރާއަށް ދާ މީހުން ގެއްލިގެން ހޯދަންޖެހުމަކީ ވެސް ކޮންމެ އަހަރަކުވެސް އާންމުކޮށް ހިނގާ ކަމެކެވެ. މިގޮތަށް ގެއްލޭ މީހުން އާންމު ގޮތެއްގެ ފެނެ އެވެ.