ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީ މިއަދު އާންމުކޮށްފި އެވެ.
މި ލިސްޓުގައި 2022 ވަނަ އަހަރުން ފެށިގެން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ބައެއް ކުންފުނިތައްވެސް ހިމެނެ އެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ ޖުމްލަ 58 ކުންފުންޏެވެ. މީގެތެރޭގައި 2022 ވަނަ އަހަރުން ފެށިގެން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުނިތައް ހިމެނެ އެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފައި މިވަނީ ހުއްދަ ނެތް ބައެއް ކުންފުނިތަކުން މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
\