އިސްލާމިކް މިނިސްޓްރީ

ހުއްދަ ނެތް ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ދެ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ހުއްދަ ނެތި ފައިސާ ނަގަނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" ގުރޫޕެވެ.

މި ދެ ކުންފުންޏަށް މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދީފައި ނުވާތީ މި ދެ ކުންފުންޏަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ހުއްދަ ނެތި ފައިސާ ނެގި ދެ ކުންފުންޏަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.