މޯލްޑިވްސް ޕޮލިސް ސާވިސް

ވަގުންގެ ބޮޑު ނެޓްވޯކެއް އެބައޮތް: ޕޮލިސް

ރާއްޖޭގެ ވެރިރަށް މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އެބައޮތް ކަމަށާއި ވަގުންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފުލުހުން އެއްބަސްވެއްޖެ އެވެ.

ރާއްޖޭގެ ނޫހެއްގައި "މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން މިއަދު ލިޔުނު ލިޔުމެއްގެ ސުރުހީ ފުލުހުންގެ މީޑިއާ ގުރޫޕްގައި ހިއްސާކުރުމަށްފަހުު ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެއީ "ބަދުނަސީބު ހަގީގަތް" ކަމަށެވެ.

ޝިފާން ވިދާޅުވީ ވަގުންގެ ނެޓްވޯކެއްގެ އުދަނގޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 މީހެއްގެ ސަބަބުން ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފުލުހުންނަށް ޒަމާނީ ވަސީލަތްތަކެއް ލިބުން ދަތިވުމުން ފުލުހުން ތިބީ ވަރަށް ބޮޑު "ކާރިސާއެއްގައި" ކަމަށެވެ.

ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވައްކަމުގެ 285 މައްސަލަ އައި މިދިޔަ މެއި މަހު ވައްކަމުގެ 244 މައްސަަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވެ އެވެ.

މިއަހަރާއި މިދިޔަ އަހަރުވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.