މަސްވެރިން

"ސީފުޑް ޗެމްޕިއަން" އެވޯޑު ރާއްޖެއަށް

Feb 2, 2016

ފައިދާހުރި ގޮތުގައި ކަނޑުމަސް ބޭނުން ކުރުމަށް ގޮވާލާ ގައުމުތަކަށް ދޭ "ސީފުޑް ޗެމްޕިއަންސް އެވޯޑް ފޮ އެޑްވޮކެސީ" ރާއްޖެއަށް ލިބިއްޖެ އެވެ.

މި އެވޯޑު ރާއްޖެއަށް ދީފައިވަނީ މޯލްޓާގައި މިހާރު ކުރިއަށްދާ "ސީފުޑް ސީ ވެބް ސަމިޓް 2016" ގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސީފުޑް ޗެމްޕިއަން އެވޯޑު ރާއްޖެއަށް ލިބުމަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މަހުގެ ބާވަތްތަކަށް ބޭރުގެ މާކެޓް ހޯދުމަށް އިތުރު ފަސޭހަ ލިބޭނެ ކަމެއް ކަމަށެވެ. ސީފުޑް ޗެމްޕިއަން އެވޯޑު ރާއްޖެއަށް ލިބުނީ، މަސްވެރިކަމުން އުފައްދާ ބާވަތްތަކަށް މާރކެޓް ހޯދުމަށާއި ރަނގަޅު އަގު ހޯދުމަށާއި، އިތުރު މާރކެޓްތަކަށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް މިސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ސީފުޑް ޗެންޕިއަންސް އެވޯޑަކީ، ޒިންމާދާރުކަމާއެކީ ތިމާވެއްޓާ ރަށްޓެހިގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ. އެ އެވޯޑު ދެނީ ހަތަރު ދާއިރާ އަކުންނެވެ.