ޓޫރިޒަމް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައާ ގާތަށް

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައާ ގާތަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 493،878 ފަތުރުވެރިންނަށްވުރެ 20 ޕަސަންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 172،499 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާޗްމަހު އައީ 173،514 ފަތުރުވެރިންނެވެ. އެޕްރީލް މަހު 62،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 71،989 ފަތުރުވެރިން
  • އިންޑިއާ - 62،415 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 58،584 ފަތުރުވެރިން
  • އިޓަލީ - 50،576 ފަތުރުވެރިން
  • ޖަރުމަނު - 44،797 ފަތުރުވެރިން
  • އެމެރިކާ - 24،802 ފަތުރުވެރިން
  • ފްރާންސް - 23،639 ފަތުރުވެރިން
  • ޗައިނާ - 21،933 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 14،892 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 10،144 ފަތުރުވެރިން

ފަތުރުވެރިކަމަށް މިހާރު 1،231 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 170 ރިސޯޓާއި 895 ގެސްޓްހައުސް އާއި 153 ސަފާރީ އާއި 13 ހޮޓާ ހިމެނެ އެވެ.

މި ތަންތަނުގައި ފަތުރުވެރިންނަށް 60،514 އެނދު އެބަހުއްޓެވެ.