ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 18 ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 621،093 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 523،004 ފަތުރުވެރިންނާ އަޅާބަލާއިރު 18.8 ޕަސަންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 172،499 ފަތުރުވެރިން އައިސްފައިވެ އެވެ. ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާޗްމަހު އައީ 173،514 ފަތުރުވެރިންނެވެ. އެޕްރީލް ފުރަތަމަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް 97،165 ފަތުރުވެރިން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ކޮންމެ ދުވަހަކު 5،398 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 74،913 ފަތުރުވެރިން
  • އިންޑިއާ - 65،929 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 60،870 ފަތުރުވެރިން
  • އިޓަލީ - 52،448 ފަތުރުވެރިން
  • ޖަރުމަނު - 47،171 ފަތުރުވެރިން
  • އެމެރިކާ - 26،025 ފަތުރުވެރިން
  • ފްރާންސް - 24،689 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 15،920 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 10،883 ފަތުރުވެރިން

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 1،231 ފެސިލިޓީ ދަނީ ބޭނުންކުރަމުންނެވެ.

އޭގެ ތެރޭގައި 170 ރިސޯޓާއި 895 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އުޅަނދާއި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް 60،514 އެނދު އެބަހުއްޓެވެ.