ވިޔަފާރި

އެމްޕީއެލް މުވައްޒަފުންނަށް އުރީދޫ އެމްވީޕީއެން ހިދުމަތްދީފި

Feb 2, 2016

އުރީދޫ މޯލްޑިވްސްގެ ބައެއް ހިދުމަތްތައް ހިލޭ ލިބޭ އެމްވީޕީއެން ހިދުމަތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) މުވައްޒަފުން ގުޅައިލުމަށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ އެމްވީޕީއެން ހިދުމަތަކީ ކުންފުނިތަކުގެ މެދުގައި މަގުބޫލު ހިދުމަތެއް ކަމަށެވެ.

"އެމްވީޕީއެން ހިދުމަތް މިހާރު އެކި ކުންފުނިތަކުގެ މެދުގައި މަގުބޫލު ހިދުމަތަކަށްވެފައިވަނީ. އެ ހިދުމަތް މެދުވެރިކޮށް ޝޯޓްކޯޑް ބޭނުންކޮށްގެން ކޯލްކުރެވި، އެސްއެމްއެސް ކުރެވޭ. ފޯނުގެ ހަރަދޔ ފަސޭހަކަމާއިއެކީ ކޮންޓްރޯލް ކުރެވެނީ،" ވިކްރަމް ވިދާޅުވި އެވެ.

އެމްޕީއެމްގެ ސީއީއޯ ޝަރީފު ވިދާޅުވީ އެމްޕީއެލްގެ ހިންގުމާ ހަވާލުވުމަށްފަހު ޓެކްނޮލޮޖީ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެންމެ ބޮޑަށް ވިސްނަނީ ޓެކްނޮލޮޖީ އެނެއިބްލައިގޮތުގައި ޔޫސް ކުރުން. އެގޮތުން އުރީދޫއާ ގުޅިގެން އެމްވީޕީއެންގެ ސަބަބުން މުވައްޒަފުންނަށް ފައިދާކުރާނެ. މިކަމުން މަސައްކަތާއި އަމިއްލަ ދިރިއުޅުމަށް ވެސް ކުރާނެ. އަޅުގަނޑަކަށް ވަރަށް ޔަގީން މި ސާވިސްއާއެކު މަސައްކަތް ހަލުވި ވެގެންދާނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.

އުރީދޫ އެމްވީޕީއެން ހިދުމަތް މިހާރު ސަރުކާރުގެ މުހިންމު މުއައްސަސާތަކާއި ކުންފުނިތަކުގައި ދެމުން ގެންދެ އެވެ.