ޒަކާތް

ފިތުރު ޒަކާތަށް ހަ މިލިއަން ރުފިޔާ

ރޯދަ މަހުގެ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފާއިތުވި ހަތަރު އަހަރުގެ ރޯދަ މަހުގެ 25 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފުސީލު ހާމަކޮށްފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ ރޯދަ މަހު ލިބުނު ފައިސާ ވަނީ ފާއިތު ހަތަރު އަހަރުގެ ރޯދަ މަހުގެ 25 ދުވަހާ އަޅާބަލާއިރު އިތުރުވެފަ އެވެ.

ރޯދަ މަހުގެ 25 ދުވަހުގެ ފިތުރު ޒަކާތުގެ ތަފާސްހިސާބު

  • 1441 ވަނަ އަހަރު - 5،979،474 ރުފިޔާ
  • 1442 ވަނަ އަހަރު - 5،319،664 ރުފިޔާ
  • 1443 ވަނަ އަހަރު - 5،943،196 ރުފިޔާ
  • 1444 ވަނަ އަހަރު - 6،108،560 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މާޗް 23 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ އާންމުކޮށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެ މީހަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެެވެ.

ޒަކާތް ދައްކަންވީ މިންވަރު

  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • ރަތް ހަނޑޫ - 99 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ވެސް ފަށާފަ އެވެ.