ލައިފްސްޓައިލް

ލޯ ކައިރި ދުޅަވުން: ކޮލެސްޓްރޯލް މަތިވުމުގެ އަލާމާތެއް؟

އަބީ ރިވޭރާ އަކީ ބިއުޓީއާ ގުޅޭ މައުލޫމާތު އޮންލައިންކޮށް ހިއްސާ ކުރާ ބިއުޓީ އިންފްލުއެންސާ އެކެވެ. ހަމުގެ މައްސަލަތަކާއި އެކަންކަން ދިމާވާ ސަބަބު އަދި މައްސަލަ ހައްލުކުރާނެ ގޮތްވެސް ރިވޭރާ ކިޔައިދެއެވެ. އަދި ބިއުޓީ ޕްރޮޑަކްޓްސްތަކާއި އެ ބޭނުންކުރުމުން ކުރިމަތިވާ މައްސަލަތައް ވެސް އޭނާ އޮޅުން ފިލުވައި ދެއެވެ.

ރިވޭރާ، 42، އަށް ބިއުޓީ އިންފްލުއެންސާ އަކަށް ވެވުނީ އަދި މިފަދަ މައުލޫމާތުތައް ހޯދައި ބަލަން ފެށުނީ 2010ގައި ދިމާވި ކަމަކުންނެވެ. އޭނާގެ ލޯ ކައިރި ދުޅަވެ ކޮތަޅުތަކެއް ހެދިފައި ހުއްޓާ ފެނުމުންނެވެ.

"އަހަރެންނަކަށް ނޭނގެ ފުރަތަމައިނުން އެއީ ކިހިނެއް ވެގެން ދިމާވާ ކަމެއް ކަމެއް. އަހަރެންގެ އެކުވެރި ހަމުގެ ޑޮކްޓަރަކު ބުނެދިނީމަ އެނގުނީ މިވާ ގޮތް،" ނިއުސްވީކް އަށް މައުލޫމާތު ދެމުން ރިވޭރާ ބުނެފައި ވެއެވެ.

ރިވޭރާ ބުނި ގޮތުގައި ކުރިން ލޯ ކައިރީގައި ފުއްޕާފައި ހުރި ތަންތަންކޮޅު ގޮތަށް ހުރި ދުޅަތައް ހުރީ ވަރަށް ކުޑަކޮށެވެ. އެހެންވެ އެހާ ބޮޑަކަށް އޭނާ އަޅައެއް ނުލަ އެވެ. ނަމަވެސް ފަހުން އެ ތަންތަން މާބޮޑުވާން ފެށުމުން އެކަމާ ކަންބޮޑުވެ ހާސްވި އެވެ. އަދި އެތަންތަން ނުފިލާ ހުންނަން ފެށުމުން ޕްލާސްޓިކް ސާޖަން އެއްގެ ކައިރިއަށް ގޮސްގެން ސާޖަރީން އެ ތަންތަން ފިލުވާ ލެވޭތޯ މަސައްކަތް ކުރި ކަމަށްވެސް ރިވޭރާ ބުންޏެވެ.

އޭގެ ފަހުން އެތައް ފަހަރަކު އެ އެއްޗެތިތައް ސާޖަރީގެ އެހީގައި ނައްތާލިޔަސް އެނބުރި އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. މިއީ ކޮލެސްޓްރޯލް މާމަތިވުމުން ވެސް ދިމާވެދާނެ ކަމަކަށް ވާތީ ލޯ ކައިރި ދުޅަވާނަމަ ކޮލެސްޓްރޯލް ޓެސްޓްކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ރިވޭރާއަށް ކަމާ ގުޅޭ ފަރާތްތަކުން ނަސޭހަތްތެރިވި އެވެ.