ކުއްޖާގެ ސިކުނޑި ތަރައްގީވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅުމުގެ މުޅި މުސްތަގުބަލު ބިނާވެގެން ދަނީ އެ ކުއްޖެއްގެ ސިކުނޑީގެ ތަރައްގީގެ މައްޗަށެވެ. ނުވަތަ ސިކުނޑި ދުނިޔެ އަށް ހުޅުވައިލަދެވޭ ގޮތެއްގެ މައްޗަށެވެ. ދަރިފުޅުގެ މިޒާޖުގެ އެކި ސިފަތަކާއި ނަފްސާނީ ހަމަޖެހުން ވެސް ގުޅިފައި މި އޮންނަނީ އެ ކުއްޖާގެ ސިކުނޑިއާ އެވެ.
ކުރުގޮތަކަށް ބުނަނީ ނަމަ ދަރިފުޅުގެ ހަޔާތުގެ މައި އިންޖީނަކީ އެއީ އެވެ. ދަރިފުޅު އުފަންވުމުގެ މާ ކުރިން އެ ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަސައްކަތް ވެސް މި އޮންނަނީ ފެށިފަ އެވެ.
ބަލިވެއިންނަތާ ތިން ވަނަ ހަފުތާގެ ނިޔަލަށް ދަރިފުޅުގެ ސިކުނޑީގެ އެންމެ މުހިންމު ތިން ބައި އުފެދި ނިމެ އެވެ. އެއަށް ފަހު އެ ކުއްޖާގެ ސިކުނޑީގެ މަސައްކަތް ހިނގައިގަތުމަށް ދެން ބޭނުންވަނީ އަނެއްކާވެސް ހަފުތާއެކެވެ.
ދަރިފުޅުގެ ފުރަތަމަ ފަސް އަހަރަކީ އެންމެ މުހިންމު ދުވަސްތަކެވެ. މި މުއްދަތުގައި ކުއްޖާގެ ސިކުނޑީގެ 90 ޕަސެންޓް ތަރައްގީކޮށް ފުރިހަމަވެ އެވެ. ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުން ކުއްޖާގެ ވިސްނުމުގެ ބާރުތަކަށް ބަލާއިރު 51 ޕަސެންޓް ބިނާވެފައި އޮންނަނީ މި ދެންނެވި ފަސް އަހަރުގެ ތެރޭގައި އެ ކުއްޖާ ހެދިބޮޑުވާ މާހައުލެއްގެ މައްޗަށެވެ.
އުފަންވުމުގެ މާ ކުރިން ވާނުވާ އެނގޭ!
އެކަމަކު ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދަރިފުޅަށް އެންމެ ރަނގަޅު ތަމްރީނަކީ ޓީވީ ބަލަން ދަސްކޮށް ދިނުމާއި އައިފޯނުން ގޭމް ކުޅެން ދަސްކޮށް ދިނުން ކަމަށެވެ. އެކަމަކު ހަގީގަތަކީ އެގޮތަށް ދަރިފުޅު އެކަނިކޮށްލައިގެން އޭނާ ފޫހިފިލުވައިދިނުމަށް ވުރެ ފައިދާ ބޮޑީ އޭނާއާ އެކު އެކި އައުޓްޑޯ ހަރަކާތްތަކުގައި ބައިވެރިވުމާއި ކަސްރަތާ ރައްޓެހި ކުއްޖަކަށް އޭނާ ހެދުންކަމެވެ.
ބަނޑުގައި އޮންނަ ދަރިފުޅަށް އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލުގެ ވާނުވާ އެނގެނީ ދުނިޔެ އަށް އުފަންވާ ހިސާބުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެދާނެ އެވެ. އެއީ ކުށްހީއެކެވެ. މައިމީހާގެ ބަނޑުތެރޭގައި އޮންނަ ދަރިފުޅުގެ ސިކުނޑި މި ދުނިޔެ އަށް ނުވަތަ އޭނާ އުފަންވުމަށް ހަމަޖެހިފައިވާ މާހައުލަކަށް ސިކުނޑި ހުޅުވާލައިގެން އޮންނަ މިންވަރަކީ އެ މާހައުލެއްގައި ދިރިއުޅޭ ބަޔަކު ވާހަކަ ދައްކައި އުޅޭ ރާގު ވެސް ވަކިކުރަން އެ ކުއްޖާ އަށް އެނގުމެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އެކި ގައުމުތަކުގެ ކުދިން އުފަންވުމަށް ފަހު ރޮއިގަންނައިރު އެ ރޮއިގަންނަނީ އެގައުމަކަށް ހާއްސަ "އެކްސެންޓަކުން" ނެވެ.
މި ސަބަބާ ހެދި ދަރިފުޅު އުފަންވުމުގެ ކުރިން، ބަންޑުގައި ދަރިފުޅު ހޭދަކުރާ ދުވަސްތަކުގައި އޭނާއާ ވާހަކަ ދައްކައި ވާހަކަ ކިޔައިދީ މިއުޒިކް ފަދަ އަޑުތައް އިއްވުމަކީ ހަގީގަތުގައި ދަރިފުޅުމުގެ ފުރިހަމަވަމުން އަންނަ ސިކުނޑި އަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އޮމެގާ-3 ފެޓީ އެސިޑް
މާބަނޑު ދުވަސްވަރު ވީހާ ވެސް ގިނައިން މަސް ކާން ޖެހޭނެ އެވެ. އެއްގޮތަކަށް "އެހެން މީހުންގެ މަސް" ކާ ވާހަކައެއް ނޫނެވެ. އޮމެގާ-3 ފެޓީ އެސިޑް އިން މުއްސަނދިވެފައިވާ މަހުގެ ބާވަތްތަކެވެ. ބަލިވެ އިންނަތާ ދެ ވަނަ ޓްރައިމިސްޓާގައި މިގޮތަށް ގަވާއިދުން އޮމެގާ-3 ފެޓީ އެސިޑްގެ މުއްސަނދިކަން ލިބިފައިވާ މަހުގެ ބާވަތްތައް ކެއުމަކީ ދަރިފުޅުގެ ސިކުނޑިއަށް ނިކަން ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން އެގޮތަށް ބަލިވެއިނދެ އޮމެގާ-3 ފެޓީ އެސިޑް ނަގާ މައިންނަށް ލިބޭ ކުދިންގެ އުމުރުން ހަ މަހުގައި ހަދާ މެންޓަލް ޑިވެލޮޕްމަންޓްގެ ޓެސްޓްތަކަށް އެފަދަ ކުދިން ވަރަށް ވެސް މޮޅެވެ.
ކުއްޖާގެ ސިކުނޑި އަށް ފުރިހަމަކަން ގެނެސްދެވޭ ގިނަ މާއްދާތަކެއް ބިހުގެ ގޮބޮޅި އާއި ކޮލިފްލާވާ އަދި ލީން ޗިކެންގައި ވެސް ހިމެނެ އެވެ.
ކަސްރަތު ވަރަށް މުހިންމު
އެކަމަކު ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދަރިފުޅަށް އެންމެ ރަނގަޅު ތަމްރީނަކީ ޓީވީ ބަލަން ދަސްކޮށް ދިނުމާއި އައިފޯނުން ގޭމް ކުޅެން ދަސްކޮށް ދިނުން ކަމަށެވެ. އެކަމަކު ހަގީގަތަކީ އެގޮތަށް ދަރިފުޅު އެކަނިކޮށްލައިގެން އޭނާ ފޫހިފިލުވައިދިނުމަށް ވުރެ ފައިދާ ބޮޑީ އޭނާއާ އެކު އެކި އައުޓްޑޯ ހަރަކާތްތަކުގައި ބައިވެރިވުމާއި ކަސްރަތާ ރައްޓެހި ކުއްޖަކަށް އޭނާ ހެދުންކަމެވެ.
މިސާލަކަށް އާއިލާއާއެކު ބޭރަށް ދިއުމާއި ދަރިފުޅު ގޮވައިގެން ބީޗުގައި ހިނގާލުން ނުވަތަ ޕާކެއްގައި ވަގުތު ހޭދަކޮށްލުމަކީ ވެސް ކުއްޖާގެ ސިކުނޑި އެތައް އެތައް ކަމަކަށް ހުޅުވި ތަރައްގީވެގެންދާނެ ކަމެކެވެ.
ދަރިފުޅު ލައްވައި ކަސްރަތުކުރުވައި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރު އަޅަން އެންމެ ރަނގަޅު އުމުރުފުރާ އަކީ ހަތަރު އަހަރަރާއި ހަތްއަހަރާ ދެމެދެވެ.