އިސްލާމިކް މިނިސްޓްރީ

މާދަމާއަކީ އީދު ދުވަސް، އީދު މުބާރަކު

Apr 20, 2023

މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށެވެ.

މާދަމާ އަކީ އީދު ދުވަސް ކަމަށް ކަނޑައަޅާފައިވާތީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. އަދި ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބޯޅަ ދަނޑުގަ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ހުސް މައިދާނުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ކައުންސިލުތަކުން ނިންމާފައިވެ އެވެ.