ފިނިޕޭޖް

އެލިސަން ޕޯޓާ ކައިވެނިކޮށްފި

"ދަ ވޮއިސް"ގެ ސީޒަން 10ގެ އެއްވަނަ ލަވަ ކިކިންތެރިޔާ އަދި އެކްޓްރެސް އެލިސަން ޕޯޓާ ކައިވެނިކޮށްފި އެވެ.

އުމުރުން 41 އަހަރުގެ އެލިސަން ކައިވެނިކުރީ 33 އަހަރުގެ ޖަސްޓިން ޑި ވޭރާއާ އެވެ.

މި ދެ ލޯބިވެރިން ކައިވެނި ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މި ހަފްލާގައި 75 މެހްމާނުން ބައިވެރިވި އެވެ،

އެލިސަންގެ ވެޑިންގ ޑްރެސްއަކީ ސައު ލީ ގައުން އެކެވެ.

މި ދެމަފިރިންނަށް 2021 ގައި ދަރިއަކު ލިބިފައިވާއިރު، އެލިސަންގެ ފުރަތަމަ ކައިވެންޏަށް ވެސް ދެ ކުދިން ލިބިފައިވެ އެވެ.

ޖަސްޓިން އަކީ ޕްރޮފެޝަނަލް ނެށުންތެރިއެކެވެ. އެލިސަން އާއި ޖަސްޓިން ކުޑައިރު ޑާންސް ސްޓޫޑިއޯއަކުން ދިމާވިފަހުން ވަނީ ގާތް ރަހްމަތްތެރިންނަށް ވެފަ އެވެ. އަދި އެ ރަހްމަތްތެރިކަން ވަނީ މީގެ ހަ އަހަރު ކުރިން ލޯތްބަށް ބަދަލުވެފަ އެވެ.