އެކްޓާ އެލެކްސް ޕެޓީފާ އާއި އޭނާގެ އަންހެނުން ސުޕާމޮޑެލް ޓޯނީ ގާން ވަކިވުމަށް ނިންމައިފި އެވެ.
އެލެކްސް، 33، އާއި ޓޯނީ، 30، ވަރިވަން ނިންމާފައިވާ ކަން އިއުލާންކުރީ ޓޯނީގެ އިންސްތަގްރާމް ސްޓޯރީގަ އެވެ.
"އެލެކްސް އާއި އަހަރެން ވަރިވުމަށް ނިންމައިފިން. މިއީ ވަރަށް އުނދަގުލުން ނިންމި ނިންމުމެއް. ވަރިވުމަށް ފަހުގައިވެސް އަހަރެމެން ދެމީހުން އެކުވެރި ގުޅުމެއް ބާއްވާ، އަހަރެމެން ދެމީހުންގެ ލޯބި ދަރިފުޅު ލޫކާ ބެލުމަށް ކޯ-ޕޭރަންޓުންގެ ގޮތުގައި މަސައްކަތް ކުރާނަން. މި ދަތި ދުވަސްވަރު އަހަރުމެންގެ ޕްރައިވެސީއަށް އިހްތިރާމްކުރުމަށް އެދެން،" ޓޯނީ ބުނެފައިވެ އެވެ.
އެލެކްސް އާއި ޓޯނީ ލޯބީގެ ގޮތުން ގުޅުނީ 2018 ގައެވެ. ޑިސެމްބަރު 2019 ގައި އެންގޭޖްވުމަށްފަހު، ކައިވެނި ކުރީ އޮކްޓޯބަރު 2020 ގައި ޖަރުމަންގަ އެވެ. އަދި މިދިޔަ ޖޫން މަހު ގްރީސްގައި ކައިވެނި ކުރި އެވެ.
މިދެމަފިރިންނަށް ދަރިއަކު ލިބުނީ ޖުލައި 2021 ގައެވެ.