މާލޭ ސިޓީ ކައުންސިލް

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތް 10 ދުވަސް ތެރޭގައި ނިންމާލެވޭނެ: މުއިއްޒު

Apr 24, 2023

މާލޭގެ ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް 10 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް މިމަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި، އިއްޒުއްދީން މަގުގެ ތާރު އެޅިބައި މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަ

"މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެ ކަމަށް ލަފާކުރެވޭ،" މޭޔަރު ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުންނެވެ. މަސައްކަތުގެ އަގަކީ 1.5 މިލިއަން ރުފިޔާ އެވެ.