ބޭންކް އޮފް މޯލްޑިވްސް

ވާރު ކާޑު ދޫކުރުން ހުއްޓާލުމަށް ބީއެމްއެލް އިން ނިންމައިފި

Apr 24, 2023

ވިޔަފާރިތަކަށް ދޫކުރަމުން ދިޔަ ވާރު ކާޑު ދޫކުރުން ހުއްޓާލުމަށް ބީއެމްއެލް އިން ނިންމައިފި އެވެ.

ވާރު ކާޑުގެ ބަދަލުގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް ބިޒްނަސް ޑެބިޓް ކާޑު ދޫކުރަން ނިންމާފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިފަދަ ނިންމުމެއް ނިންމީ ބޭންކްގެ ސްޓްރެޓެޖީގެ ދަށުންނެވެ.

ބީއެމްއެލްގެ ނިންމުމާ އެއްގޮތަށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ވާރު ކާޑު ދޫކުރުމާއި، ބަލައިގަތުން ހުއްޓާލާނެ އެވެ.

ވާރު ކާޑުން ކުރެވޭ ހަމައެކަނި ކަމަކީ ޓެކްހާ ގުޅޭ މުއާމަލާތްތައް ކުރުމެވެ. އެހެންވެ ބީއެމްއެލް އިން ބުނީ އަލަށް ގެންނަ ބަދަލާ އެކު ވިޔަފާރިތަކަށް މާބޮޑަށް ވެސް ފަސޭހަވާނެ ކަމަށެވެ.

ބީއެމްއެލް އިން ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ ތަފާތު މުއާމަލާތްތައް ކުރެވި، ޔުޓިލިޓީ ބިލުތައްވެސް ދައްކާލެވޭނެ ބީއެމްއެލް އިން ބުނެ އެވެ.

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާ އެކު ބޭނުންކުރެވޭ ބިޒްނަސް ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމްއިން 25،000 ރުފިޔާ ނުވަތަ 1،600 ޑޮލަރު ނެގޭނެ އެވެ.