ޑިފެންސް މިނިސްޓްރީ

ހުޅުމާލެ ކައިރީގައި ސިފައިންގެ ތަމްރީންތަކެއް ފަށަނީ

ހުޅުމާލެ ކައިރީގައި މާދަމާގެ ވަގުތެއްގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށްދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ތަމްރީންތައް ކުރިއަށް ދާނީ މާދަމާ ހެނދުނު 6:00 އިން ހަވީރު 5:30 އަށެެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ތަމްރީންތައް ކުރިއަށް ދާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގަ އެވެ.

ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ހުޅުމާލެ ކައިރީގައި މާދަމާ ކުރިއަށް ގެންދާ ތަމްރީންތަކަކީ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް ޑިފެންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.