ޑިފެންސް މިނިސްޓްރީ

ހަތިޔާރާ ގޮވާތަކެތި ބޭނުން ކުރާ ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި

ހަތިޔާރާ ގޮވާތަކެތި ބޭނުން ކުރާ ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ބުނީ އެމްއެންޑީއެފްގެ ތަމްރީންތަކެއް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. "ސްމޯލް ޓީމް އެކްސަސައިޒް 2020" ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީންތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީންތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ އެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުން ކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަަމަށް ބުންޏެވެ.