ބުޅާ ފަދަ ޖަނަވާރުން ދެކެ ލޯބިވާ މީހުންނަށް އެސޮރުމެން ނޭނގިނަމަވެސް ކުރާ ރަނގަޅު ކަންތައްތައް ވަރަށް ފާހަގަކުރެވެ އެވެ. އަދި އެފަދަ މަންޒަރުތައް ފެނުމުން އެމީހުންގެ ހިތަށް ވަރަށް އުފާވެރިކަން ލިބެ އެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯ އަކީ ވެސް މިފަދަ ވީޑިއޯ އެކެވެ. ސިޑިއަކާ ދިމާލަށް ދިޔަ ކުޑަ ކުއްޖެއް ސިޑިން ވެއްޓުނަ ނުދީ ސަލާމަތްކޮށްދިނުމުގައި ބުޅާ އެހީތެރިވާ ގޮތް ފެންނަ ވީޑިއޯ އެކެވެ.
މި ވީޑީއޯގައި ފެންނަނީ ކޮޓަރިއެއް ތެރޭގައި އެކަނިމާއެކަނި އިންނަ ކުޑަ ކުއްޖެކެވެ. އެ ކުއްޖާ ފިރުކިފައި ސިޑިއާ ދިމާލަށް ދާ ތަނެވެ. ކޮޓަރީގައި ކުއްޖާ ފިޔަވައި އިނީ ބުޅަލެކެވެ. އެ ކުއްޖާ ފިރުކެމުން ގޮސް ސިޑިއާ ހަމައަށް ދެއެވެ. ނަމަވެސް އޭނާ ސިޑިއަށް އަރައި ނުވެއްޓެނީސް ބުޅާ އައިގޮތަށް އައިސް ކުއްޖާ ސިޑިން ދުރަށް ކޮއްޕާލައި ސިޑިން ވެއްޓުމުން ސަލާމަތް ކޮށްދެ އެވެ.
މިއީ އޮކްޓޯބަރު 2019ގައި ކޮލަމްބިއާގެ ރަށެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ވީޑިއޯ ވައިރަލް ވީ ދާދިފަހުންނެވެ.
މި ވީޑީއޯ ބަލާފައި ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ބުޅަލަށް ނޭނގި ނަމަވެސް މި ކުރެވުނު ކަންތަކުން އެ ކުއްޖާގެ ފުރާނަ ސަލާމަތްވީތީ އުފާވާ ކަމަށް ބުނެފައި ވެއެވެ.