ބީއެމްއެލް ކޮމިއުނިޓީ ފަންޑު

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެރޭ ހަމަވާނެ

Apr 10, 2023

މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އަށް ހަމަވާނެ އެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ފޮނުވާނީ [email protected] އަށެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ.

ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަ އާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމައަށް އެހީ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.


މި ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް ބީއެމްއެލް އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.