ފިނިޕޭޖް

އޭޝްލީ މެޑެކްވީއަށް ދަރިއަކު ލިބެނީ

"ރިވެންޖް" އާއި "ސޭލަމް"ގެ އެކްޓްރަސް އޭޝްލީ މެޑެކްވީއަށް ދަރިއަކު ލިބެނީއެވެ.

އުމުރުން 41 އަހަރުގެ އޭޝްލީ މި ހަބަރު އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ އިންސްތަގްރާމް ސްޓޯރީގަ އެވެ.

އެ ސްޓޯރީގައި ބޮޑުވަމުން އަންނަ ބަނޑުފެންނަ ކަޅުކުލައިގެ ޓާޓަލްނެކް މައްޗަކާއި މެކްސީ ސްކާޓެއް ލައިގެން ހުރި ފޮޓޯގައި ލިޔެފައިވަނީ ހަފްތާ ބަންދު މިހާރު ކުޑަކޮށް ތަފާތުވާނެ ކަމަށެވެ.

އޭޝްލީ އާއި އޭނާގެ ފިރިމީހާ އިއްޑޯ ގޯލްޑްބާގް، 47، ކައިވެނި ކުރީ 2012 ގައެވެ.

މި ދެތަރިން އެކުގައި އައިޓީވީގެ "ސީކްރެޓް ޑަޔަރީ އޮފް އަ ކޯލް ގާލް" ގައި މަސައްކަތްކުރި އެވެ.

އިއްޑޯ ވަނީ "ޕީކީ ބްލައިންޑާސް" ގައިވެސް މަސައްކަތްކޮށްފަ އެވެ.

އޭޝްލީ އެންމެ ފަހުން ކުޅެފައިވަނީ ނެޓްފްލިކްސްގެ "ދަ ސްޓްރޭސް" ކިޔާ ފިލްމެކެވެ.