އެމްއެންޑީއެފް

މޭޖާ އަލީ ސަލީމު ނިޔާވެއްޖެ

Apr 25, 2023

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގައި ގިނަ އަހަރު ތަކަކު އިސްކޮށް މަސައްކަތް ކުރެއްވި މޭޖާ އަލީ ސަލީމު މިއަދު ނިޔާވެއްޖެ އެވެ.

ސަލީމު މިއަދު ނިޔާވިއިރު މިއަދުވެސް އޮފީހަށް ނިކުންނެވި ކަމަށް ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.

ސަލީމު ނިޔާވީ ދިމާވި ސިއްހީ މައްސަލައަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް އެނގިފައިވެ އެވެ.

ސިފައިންގޭގައި ފަޔާ އެންޑް ރެސްކިއު ހިދުމަތް ގާއިމުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ ސިފައިންގޭގައި އެ ހިދުމަތުގަ އެވެ.

ސިފައިންގެއަށް 34 އަހަރު ހިދުމަތް ކުރެއްވި ސަލީމު މިއަދު ނިޔާވިއިރު ފަޔާ އެންޑް ރެސްކިއު ސާވިސްގައި އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.