ޅ. މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ޒުވާން ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ.
އެމްއެންޑީއެފުން ބުނީ ރާފިލް އިއްޔެ މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދެވުނު ކަމަށެވެ.
އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ބުނެފައިވެ އެވެ.
ރާފިލް މަރުވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.