އެމްއެންޑީއެފް

ސިފައިންގެ ތަމުރީނުތަކެއް ޅ. އަތޮޅު ގައި

ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމްރީނުތަކެއް ޅ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގަން ނިންމައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ މި ތަމުރީނުތަށް ހިންގާނީ އެ އަތޮޅު މާފިލާފުށީގަ އާއި މާކޯގަ އާއި މެދުފުށީގެ އިތުރުން މީދާހުރާގަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި މި ރަށް ތަކުގައި ތަމްރީނުތައް އޮންނާނީ މި މަހުގެ 24 ހުން 27 އަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން 6:00 އަށެވެ.

މި ތަމްރީނުތަކުގައި ބޭނުން ކުރަނީ މިނީ ފްލެޔާ އާއި ޕެރަޝޫޓް ފްލެޔާ އެވެ. އަދި ވައިގެ ސަރަހައްދުގެ 300 މީޓަރުގެ އުސްމިނާއި ދުރުމިން ބޭނުން ކުރާނެ އެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރި މިނަކީ ސީލެވެލެވެ. އަދި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ޑައިރެކްޝަނަކީ މި ހަތަރު ރަށާ ދިމާ މައްޗެވެ.

ސިފައިން ތަމްރީނުތައް ހަދާއިރު އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ޓްރާންސްޕޯޓުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.