އެމްއެންޑީއެފް

އުއްޗުގެ އެހީގައި މާފިލާފުއްޓަށް އެގްޒެކެޓިވް ބުލޮކެއް

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އެހީގައި ޅ. މާފިލާފުށީ ގައި ސިފައިންނަށް އަޅާ އެގްޒެކެޓިވް ބުލޮކެއްގެ އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.

ސިފައިންގޭން ބުނި ގޮތުގައި އެ އިމާރާތުގެ ބިންގާ އެޅުމުގެ ގޮތުން އިއްޔެ މާފިލާފުށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީ އާއި އުއްޗު އެވެ.

މާފިލާފުށީގައި އަޅާ އިމާރާތުގައި ހަ ކޮޓަރި ހިމެނޭ އިރު އެ އިމާރާތައް ބޭނުންވާ ހުރިހާ ހަރަދެއް ދެއްވާނީ އުއްޗު އެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެމްއެންޑީއެފަށް ވަރަށް ގާތް ގުޅުމެއް ބާއްވަވާ އެކި ގޮތްގޮތަށް އެހީތެރިވެ ދެއްވާ ބޭފުޅެކެވެ.