ޕާކިސްތާނުގައި އަލަށް މަންކީޕޮކްސްއަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އެއާޕޯޓުތަކުގައި ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުން ވެރިރަށް އިސްލާމް އާބާދުގައި މަންކީޕޮކްސްއަށް ފިރިހެނަކު ޕޮޒިޓިވްވިކަން ނޭޝަނަލް ހެލްތު ސާވިސަސްގެ ސަމާލު ކަމަށްވެސް ވަނީ އައިސްފަ އެވެ.
މަންކީޕޮކްސް ޖެހިފައިވަނީ ކާކަށް ކަމެއް -- އެ މީހާއާ ބެހޭ ތަފުސީލުތަކެއް ހެލްތު މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ބަލިޖެހިފައި ވަނީ ސައޫދީ އަރަބިއްޔާއިން ޑިޕޯޓްކުރި މީހެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕާކިސްތާނަށް މަންކީޕޮކްސް ވަނުމާ އެކު ބޯޑަރު ބެލެހެއްޓުމުގައި ސަމާލުވުމަށް ސިއްހީ އިދާރާތަކަށް މިހާރު ވަނީ އަންގާފަ އެވެ. މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ ލަސްނުކޮށް އެންމެ ކައިރީގައި ހުރި ސިއްހީ މަރުކަޒަކަށް އެންގުމަށްވެސް ވަނީ އަދިފަ އެވެ.
މަންކީޕޮކްސް ކުއްލިއަކަށް ފެތުރިގެންފިނަމަ އާންމު އާބާދީގެ ބޮޑު ބަޔަކަށް ޖެހިދާނެ ކަމުގެ ބިރު އުފެދިފައި އޮތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. މިހެންކަމުން އާންމު ފަރުދުންގެ އެއްބާރުލުން ސަރުކާރަށް ވަރަށް ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަންކީޕޮކްސް އަކީ ޖަނަވާރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ފެތުރިގަންނަ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މި ބަލި އިންސާނުންނަށް ފޯރި ގޮތް އަދި މުޅިން ސާފު ނުވާ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތް ކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތް ކަމަކުން ވެސް މި ބަލި ފެތުރެ އެވެ.
ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.
ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މި ބަލިއަރާ ކަމަށް ދުނިޔޭގެ ސިއްހަތު އިދާރާތަކުން ވަނީ ބުނެފަ އެވެ.
އެޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައްޔެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ.
ބަލިޖެހުމުގެ އަލާމާތެއްގެ ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.
މަންކީޕޮކްސް ޖެހުމުން ފާހަގަކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ.
އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.
މަންކީޕޮކްސް ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް 86،000 މީހުންނަށް ޖެހިފައިވާ ކަމަށް އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އިން ވަނީ ބުނެފަ އެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވާ ކަމަށް ރެކޯޑްކޮށްފައި ވަނީ 119 މީހުންނެވެ.
މަންކީޕޮކްސްއަށް "މަންކީޕޮކްސް"ގެ ބަދަލުގައި "އެމްޕޮކްސް" ކިޔުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފަ އެވެ.