ފިނިޕޭޖް

"އަ ހޯންޓިން އިން ވެނިސް"ގެ ޓްރޭލާ ކަމުގޮސްފި

ޑައިރެކްޓަރު އަދި އެކްޓަރު ކެނެތް ބްރެނަގްގެ އެންމެ ފަހުގެ ފިލްމް "އަ ހޯންޓިން އިން ވެނިސް"ގެ ޓްރޭލާ އާންމުންނަށް ކަމުގޮސްފި އެވެ.

ސިނަމާކޮންގައި ނެރުނު މި ފިލްމްގެ ޓްރޭލާއިން ފެންނަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އޯލް ހޮލޯސް އީވް ނުވަތަ ހެލޮވީން ދުވަހު، ހާކިއުލް ހަލާކުވަމުންދާ އަދި ރޫހެއް އަވަލާފައިވާ ޕަލައްޓްޒޯއަކަށް ސެއާންސަކަށް -- ޖިންނި / ރޫހު ގެންނަން މަސައްކަތް ކުރަމުންދާ ތަނެވެ.

އެތަނުން އެއް މެހެމާން މަރުވުމުން، ހާކިއުލް ސިއްރުތަކާއި ހިޔަނިތަކުގެ ތެރެއިން ގާތިލު ހޯދުމަށް މަސައްކަތް ކުރެ އެވެ. މިޓްރޭލާ ބެލުން ތެރިން މުޅިން ސިއްސުވާލާނެ އެވެ.

މިއީ އަގަތާ ކްރިސްޓީގެ ހަކިއުލް ޕޮއިރޯ ކެރެކްޓާއަށް ލިޔެފައިވާ ވާހަކަ ސީރީޒްގެ "ހެލޮވީން ޕާޓީ" އަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ޓްވެންޓީތު ސެންޗުރީ ސްޓޫޑިއޯއާ ގުޅިގެން ކެނެތް ހަދާ ހާކިއުލް ޕޮއިރޯގެ ތިންވަނަ ފިލްމެވެ. މިގޮތުން 2017 ގައި "މާޑާ އޮން އޮރިއަންޓް އެކްސްޕްރެސް" އަދި 2022 ގައި "ޑެތް އޮން ނައިލް" ވަނީ ނެރެފަ އެވެ.

މި ފިލްމްތައް ޑައިރެކްޓްކުރުމުގެ އިތުރުން ހާކިއުލް ޕޮއިރޯގެ ރޯލް ކެނެތް އަދާކުރާއިރު، މިޝޭލް ޔޯ، ޖޭމީ ޑޯނަން، ޓީނާ ފޭ، ޖޫޑް ހިލް އަދި އަލީ ހާން ވެސް މި ފިލްމުގައި އުޅެ އެވެ.