އަލީ އާޒިމް

ފާޑު ކިޔާ މެންބަރުންނަށް ފައްޔާޒު ފިޔަވަޅެއް ނާޅުއްވާނެ

ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު
0%
0%
0%

ސަރުކާރަށް ފާޑު ވިޔާޅުވިޔަސް އެމްޑީޕީގެ މެންބަރުންނަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފިޔަވަޅު ނާޅުއްވާނެ ކަމުގެ ޔާގީންކަން އެބަ އޮތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެ އެވެ.

މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި މެންބަރު އަލީ އާޒިމު މިއަދު ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަނާއި އިސްރާފުގެ ވާހަކަ ދެއްކުމުން އެއީ ސަރުކާރަށް ޖެއްސުންކުރުން ކަމަށް ތުހުމަތު ކުރާ ކަމަށާއި މެންބަރުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

މެންބަރު އާޒިމު މިހެން ވިދާޅުވީ އެމްޑީޕީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތް ކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެ ޕާޓީގެ ލީޑަޝިޕަށް އަންގާފައިވަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދުއާއެކު ތިއްބެވި މެންބަރުންނަށް ފިޔަވަޅު އަޅައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން ފައްޔާޒަށް އެނގިވަޑައިގަންނަވާ ކަމަށް އާޒިމު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅަން ޕާޓީގެ ލީޑަޝިޕަށް އެންގީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށެވެ.

މި ހަތަރު ބޭފުޅުންނަކީ ވެސް މަޖިލީހުގެ ހަތަރު ކޮމިޓީއެއްގައި މުގައްރިރުކަން ކުރައްވާ ބޭފުޅުންނެވެ. އެގޮތުން ހަސަން ލަތީފަކީ އާންމު ކޮމިޓީގެ މުގައްރިރެވެ. އެސްއޯއީ ކޮމިޓީގެ މުގައްރިރަކަށް އިލްޔާސް ލަބީބް ހުންނެވިއިރު ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ އިމްތިޔާޒު އެވެ. އަދި ޔާސިރަކީ ސުލޫކީ ކޮމިޓީގެ މުގައްރިރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345