ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސްޓާ ސިނަމާ ހިންގި އިމާރާތަށް ބަދަލުކުރަނީ

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މިވަގުތު ހިންގަމުންދާ ހ. މެރިން ޑްރީމް -- ފޮޓޯ: އަވަސް
0%
0%
0%

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ސެންޓަރު މަޖިީދީ މަގުގައި ހުންނަ މ. ސްޓާ ކްލައުޑް އަށް ބަދަލުކުރަން ނިންމައިފި އެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މިވަގުތު ހިންގަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. މެރިން ޑްރީމް ގައެވެ.

ބީއެމްއެލް އިން ގެންނަ މިބަދަލާ އެއްގޮތަށް ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައިވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އެއް ހަދާފައިވެ އެވެ.

ބީއެމްއެލް އިން ގެންދަނީ އެ ބޭންކްގެ ހިދުމަތްތައް ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ބަދަލުތައް ގެންނަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910