ދުނިޔެ

ސީރިޔާގެ އަސްކަރީ ފައުޖުތައް އެރަށުގެ އެންމެ ބޮޑު ސިޓީ ވަށާލައިފި

ސީރިޔާގެ ސަރުކާރުގެ އަސްކަރީ ފައުޖުތައް އެ ގައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ، އަލެއްޕޯ ވަށާލައިފި އެެވެ.

ސީރިޔާގެ ރައީސް ބައްޝާރު އަލް އައްސަދާ ދެކޮޅު ހަނގުރާމަވެރިންނާއި ކުރިމަތިލުމުގެ ގޮތުން ސީރިޔާގެ އަސްކަރީ ފައުޖުން މިއަދު ވަނީ އަލެއްޕޯ ވަށާލާފަ އެވެ. މި ވަރުގަދަ ހަމަލާތަކުގައި ރަޝިޔާއިން ވެސް ބައިވެރިވެފައިވެ އެވެ. ސީރިޔާގެ އަސްކަރީ ފައުޖުން ހިންގި ގްރައުންޑް އޮޕެރޭޝަނުގައި ރަޝިއާއިންވަނީ ވައިގެ ހަމަލާތަކުގެ އޮޕެރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮފެންސިވްއާއި ގުޅިގެން އިދިކޮޅު ހަނގުރާމަވެރިންނަށް ސަޕްލައި ގެންނަ މަގުތަށް ބެނދުމުގެ ބިރުވެރިކަން އެބައޮތެވެ.

އިދިކޮޅު ހަނގުރާމަވެރިން ސިފަ ކޮށްދޭގޮތުގަ އެއީ އެމީހުންނާ ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ އެއް ކުރިމަތުލުމެވެ. އަދި ކުރިމަތުލުމުގެ ތެރޭގައި 45 އާންމުންގެ ފުރާނަ ގެއްލުނެވެ. މި އޮފެންސިވް ފެއްޓީތާ ކުޑަ ދުވަސްކޮޅެއް ވެއްޖެއެެވެ. އަދި މިކަމުގެ ސަބަބުން ސްވިޓްޒެލަންޑްގަ ބާއްވަން އުޅޭ ސުލްހައިގެ ވާހަކަތަކަށް އަށް ބުރު އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މި އޮފެންސިވްއަށް ފަހު އިދިކޮޅު ހަނގުރާމަވެރިންވަނީ އެހެން ގައުމުތަކުގެ އެހީތެރިކަމަށް ގޮވާލާފަ އެވެ.