ލ. ގަން

ގަމުގައި މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Apr 29, 2023

ލ. ގަމުގައި މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ލ. ގަން، ސައީދާ މަންޒިލް، އަހްމަދު މުހައްމަދެވެ.

ގަމުން ވާހަކަ ދެއްކި މީހަކު އުމުރުން 67 އަހަރުގެ އަހްމަދަކީ އަބަދުވެސް މޫދަށް ގޮސް އުޅޭ މީހެއް ކަމަށެވެ.

އަހްމަދު މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެ ލަސްވުމުން މޫދު ސަރަހައްދު ބެލުމުންނެވެ.

އަހްމަދު މަރުވާން ދިމާވި ވަކި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.