ޖެޓް ފިއުލް -- މަތިންދާ ބޯޓަށް އަޅާ ތެޔޮ އުފުލުމަށް ހާއްސަ ބާޖެއް އެސްޓީއޯ އިން ރާއްޖެއަށް ގެނެސްފި އެވެ.
"ލަގަނާ"ގެ ނަން ދީފައިވާ މި ބާޖުގެ މައިގަނޑު މަސައްކަތަކަށް ވާނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކޮށްދިނުމެވެ.
ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީ ލިބިގެން ބަނދެފައިވާ މި ބާޖަކީ ޒަމާނީ މިނެކިރުމުގެ ވަސީލަތްއް ގާއިމުކޮށްފައިވާ 200 ކިއުބިކް މީޓަރުގެ ޖާގައިގެ އުޅަނދެކެވެ.
މިބާޖަކީ ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަކޮށް، ކޮލިޓީ އެޝުއަރެންސް ކޯޑްތަކާ އެއްގޮތަށް އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާ އެކު ކޮމިޝަން ކޮށްގެން ރާއްޖެ ގެނައި އުޅަނދެކެވެ.
ބާޖުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ތަމްރީންތަކާއި ކަމާގުޅޭ އޮޕަރޭޝަން މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތު ދީފައިވެ އެވެ.
އެސްޓީއޯ އިން ވަބނީ ލަގަނާ ބާޖަކީ އިންޑަސްޓްރީގެ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓާ ހަމައަށް ޓްރޭސް ކުރެވޭނެ ކޮލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމުކޮށްފެ އެވެ. އަދި ކޮންމެ ޓްރާންސްފާ ޕޮއިންޓަކުން ތެލުގެ ސާމްޕަލް ނަގައި މާލޭގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ލެބޯޓްރީގައި ޓެސްޓްކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
އެސްޓީއޯ އިން ތެޔޮ ރައްކާ ކުރާ ލ. ފުނަދޫގައި މިއަދު ވަނީ މި ބާޖު ނޫސްވެރިންނަށް ދައްކާލާފަ އެވެ.