ދުނިޔެ

ޖެކް މާ ޓޯކިޔޯ ޔުނިވާސިޓީގެ ޕްރޮފެސަރަކަށް

ޗައިނާގެ މަޝްހޫރު އަލީބާބާ ގްރޫޕްގެ ބާނީ ޖެކް މާ އަށް ޓޯކިޔޯ ޔުނިވާސިޓީން ޕްރޮފެސަރެއްގެ ދައުވަދު ދީފި އެވެ. ހަބަރުތައް ބުނާ ގޮތުން އޭނާއަށް ޖެހިވަޑައިގަންނަވާނީ ޓޯކިޔޯ ކޮލެޖްގައި އެކި މައުލޫތަކަށް ލެކްޗަރު ދެއްވުމެވެ.

ހަބަރުތައް ބުނާ ގޮތުން އޭނާއަށް ޖެހިވަޑައިގަންނަވާނީ ޓޯކިޔޯ ކޮލެޖްގައި އެކި މައުލޫތަކަށް ލެކްޗަރު ދެއްވުމެވެ.

ޖެކް މާއާ އެކު ޓޯކިޔޯ ޔުނިވާސިޓީން ހަދަނީ އެއް އަހަރުގެ އެއްބަސްވުމެއް ކަމަށް ބުނެވެ އެވެ. ޔުނިވާސިޓީން ބުނާ ގޮތުން އެއްބަސްވުން އެކުލަވާލުން އޮތީ ވެސް ޖެކް މާއަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ.

އެހެންކަމުން، އަހަރަކަށް ވުރެ އިތުރުކުރަން ޖެކް މާއަށް ފެނިވަޑައިގަންނަވާނަމަ އެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވިފައި ކަމަށް ޓޯކިޔޯ ޔުނިވާސިޓީން ބުނެ އެވެ.

ޖެކް މާއަށް މިހާރު ހުށަހަޅާފައި އޮތް އެއްބަސްވުން ދެމިއޮންނާނީ މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށެވެ.

ޖެކް މާ ވަނީ ވިޔަފާރިއެއްގައި ވަކި ފަރުދަކު ކުރާނެ ހުރިހާ ތަޖުރިބާއެއް ކުރައްވާފަ އެވެ. ފަގީރުކަމުން އަރައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވެ ވަޑައިގެން އޭނާ އަކީ މިހާރު މުޅި ދުނިޔެއަށް އާދަހާ ޚިލާފު މިސާލެކެވެ.

ޔުނިވާސިޓީގައި ކިޔާވާ ކުދިންނަށް ވިޔަފާރި އާއި އިޖުތިމާއީ ތަފާތު ދާއިރާތަކުން އުނގަނައި ދިނުމަށް ޖެކް މާއަށް ވުރެ ވަކިން ބޮޑު ތަޖުބާކާރަކު ނެތް ކަމަށް ވެސް ބުނެވިދާނެ އެވެ. ޓޯކިޔޯ ކޮލެޖްގައި ޖެކް މާ ކުރައްވާނެ ކަމަށް ބެލެވެނީ ވެސް ވިޔަފާރިއަށް ދަރިވަރުން ހޭލުންތެރި ކުރެއްވުމާއި އާ ވިޔަފާރިތައް ފެށުމުގައި ވިސްނުން ބައްޓަންކުރަން ޖެހޭ ގޮތެވެ.

އަލީބާބާގެ ވިޔަފާރި ޗައިނާގައި ފުޅާކުރެއްވުމަށް ޖެކް މާ ހިންގެވި ބައެއް ޕްރޮޖެކްޓްތަކުގެ ތެރެއަށް ޗައިނާގެ އިދާރާތަކުން ވަދެގަތް މައްސަލާގައި ގައުމުން ބޭރުގައި ޖެކް މާ އުޅުއްވާތާ ވެސް އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.

ޗައިނާގެ ކޮމިއުނިސްޓް ސަރުކަރާ ފުށުއަރާ ކަމެއްގައި ބައިވެރިވެ ވަޑައިގަތުމަކީ އަލިބާބާއަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ޖެކް މާއަށް އެނގިވަޑައިގަނެ އެވެ.

ޓޯކިޔާ ޔުނިވާސިޓީން މީގެ ކުރިން ވެސް އެކި ދާއިރާތަކުން ދުނިޔެއަށް މަޝްހޫރު ސާޚުސިއްޔަތުތަކަށް ދައުވަދު ދެ އެވެ. އެއީ ކޮލެޖް ނިންމައި ދަރިވަރުން ނުކުންނައިރު އަމަލީ މައިދާނުން ތަރުރިބާ ހޯދާނެ ގޮތް ހިއްސާކުރުމަށެވެ.

ދުނިޔެއަށް މަޝްހޫރު ސިޔާސީ ލީޑަރުން ވެސް ބައެއް ގައުމުތަކުގެ ޔުނިވާސީޓީތަކުގައި ލެކްޗަރު އަބަދުވެސް ކުރައްވަ އެވެ.