ފިނިޕޭޖް

"ހަންގާ ގޭމްސް" ގެ ޕްރިކުއެލް – ފަސްޓް ލުކް

"ހަންގާ ގޭމްސް" ފިލްމްތަކުގެ ޕްރީކުއެލް، "ހަންގާ ގޭމްސް: ދަ ބެލާޑް އޮފް ސޯންގްސް އެންޑް ސްނޭކްސް"ގެ ފަސްޓް-ލުކް ދައްކާލައިފި އެވެ.

ސުޒޭން ކޮލިންސްގެ ވާހަކަ ސީރީޒަށް ހަދާފައިވާ "ހަންގާ ގޭމްސް"ގެ ފުރަތަމަ ހަތަރު ފިލްމަކީ ވަރަށް ކާމިޔާބުވީ ފިލްމްތަކެކެވެ.

މި ފިލްމްތަކުގައި ޖެނިފާ ލޯރެންސް، އެލެގްޒެންޑާ ލުޑްވިގް، ލިއަމް ހެމްސްވޯތް، އެލިޒަބަތް ބޭންކްސް، ސްޓޭންލީ ޓޫޗީ، ޕީޓާ ޑިންކްލާޖް އާއި ވަޔޯލާ ޑޭވިސް ހިމެނެ އެވެ. އަދި މި ފިލްމްތަކުގެ ޕްރީކުއެލްގައި ލީޑް ރޯލް ކުޅޭނީ ރޭޗަލް ޒީގްލާ އާއި ޓޮމް ބްލީތް އެވެ. މީގެ އިތުރުން ހަންޓާ ޝޭފާ، ޖޯޝް އަންޑްރޭސް ރިވޭރާ، ޖޭސަން ޝްވޯޓްޒްމަން ވެސް ފެނެ އެވެ.

މި ޕްރީކުއެލްގައި ފެންނާނީ ކޮރިއޮލޭނަސް ސްނޯގެ ޒުވާންއިރު، އޭނާ ޕަނޭމްގެ އަނިޔާވެރި ރައީސްއަށް ވުމަށް ދިމާވިގޮތެވެ.

ފްރާންސިސް ލޯރަންސް ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްލޮޓަށް ބަލާއިރު، ލޫސީ ގްރޭ ބެއާޑް (ރޭޗަލް) އާއި ކޮރިއޮލޭނަސް ސްނޯ (ޓޮމް) ވެސް ހަންގާ ގޭމްސްގައި ވާދަކުރެ އެވެ.

ލޫސީއަކީ ފަގީރު ޑިސްޓްރިކްޓެއް ކަމުގައިވާ 12 ވަނަ ޑިސްޓްރިކްޓްގެ ޓްރިބިއުޓް އެވެ. ލޫސީގެ ސަހްސިއްޔަތުގެ ސަބަބުން ޕަނެމްގެ އޯޑިއަންސަށް ލޫސީ ކަމުދިއުމުން، ސްނޯ އެ ދެމީހުންގެ ތަގުދީރު ބަލަކޮށް އެ ގޭމްސްއިން ސަލާމަތްވާން މަސައްކަތްކޮށް އޭނާ ވާނީ ސޯންގް ބާޑްއަކަށް ތޯ ނޫނީ ސްނޭކަކަށްތޯ ދެނެގަންނަން އުޅެއެވެ.

ސްނޯގެ ކެރެކްޓާ "ހަންގާ ގޭމްސް" ފިލްމްތަކުގައި ކުޅެފައިވަނީ ޑޮނަލްޑް ސަދާލޭންޑެވެ. ޕްރީކުއެލްގައިވެސް ހަންގާ ގޭމްސްގެ ކްރިއޭޓާ ކަސްކާ ހައިބޮޓަމްގެ ރޯލާއި ހެޑް ގޭމް މޭކާ ވޮލަމްނިއާ ގޯލްގެ ރޯލް އަދާކުރަނީ ޕީޓާ ޑިންކްލާޖް އާއި ވަޔޯލާ ޑޭވިސްއެވެ.

"ހަންގާ ގޭމްސް: ދަ ބެލާޑް އޮފް ސޯންގްސް އެންޑް ސްނޭކްސް" ސިނަމާތަކަށް ރިލީޒްކުރަނީ މިއަހަރުގެ ނޮވެމްބަރު 17 ގައެވެ.