ފިނިޕޭޖް

އެލެގްޒެންޑާ ލުޑްވިގްގެ އަންހެނުން ވިހައިފި

"ދަ ކަވްނަންޓް"ގެ އެކްޓަރު އެލެގްޒެންޑާ ލުޑްވިގްގެ އަންހެނުން ލޯރެން ވިހާނެ ކަމަށް ދީފައިވާ ތާރީހުގެ ހަތަރު ހަފްތާ ކުރިން ދަރިފުޅު ލިބިއްޖެ އެވެ.

މި ހަބަރު އެލެގްޒެންޑާ އާއި އަންހެނުން ހިއްސާކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓެއް ގައެވެ.

މި ޕޯސްޓްގައި އެމީހުންގެ އަންހެން ދަރިފުޅު -- ލެނީ ޖޭމްސް ލުޑްވިގް، މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 7:24 ގައި ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ލޯރެން ބުނީ އެލެގްޒެންޑާ އޭރު ހުރީ އެހެން ސްޓޭޓެއްގައި ފިލްމު ޝޫޓިންއެއްގައި ކަމަށެވެ. އަދި ލެނީ ދުނިޔެއަށް އައިވަގުތަށް އާދެވުނު ކަމަށެވެ.

އެލެގްޒެންޑާ އޭނާގެ އިންސްތަގްރާމް ފީޑް އަދި ސްޓޯރީގައި ޕޯސްޓްކުރި މެސެޖުގައި ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅަށްޓަކައި ދުވެ އިމާރާތެއް ފޫއަޅުވާލާނެ ކަމަށެވެ. އަދި ލެނީއާ އެކު އިން ފޮޓޯގައި "ބައްޕަގެ މޯޑް އެކްޓިވޭޓްކޮށްފި" ކަމަށް ލިޔެފައިވެ އެވެ.

އެލެގްޒެންޑާ އާއި ލޯރެން ލޯބީގެ ގޮތުން ގުޅުނު ކަމަށް އިންސްތަގްރާމްގައި ޖުލައި 2020 ގައި އިއުލާންކޮށް، އެ އަހަރުގެ ފަހުކޮޅު ކައިވެނިކޮށްފައިވެ އެވެ.

ލޯރެން ވަނީ މީގެ ކުރިން ތިން ފަހަރު ބަނޑުބޮޑުވެ، ބައިގެން ގޮސްފަ އެވެ.