ރައީސް އޮފީސް

ޗިކާއަށް ސިޔާސީ މަގާމެއް

May 4, 2023
3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ނާފިޒު (ޗިކާ)އަށް ސިޔާސީ މަގާމެއް ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޗިކާ އައްޔަންކުރައްވާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށެވެ.

ޗިކާ އަކީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ކަމަށް މަސައްކަތް ކުރަމުންދާ މީހެކެވެ.

ޗިކާ އަކީ ކުރީގައި ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްވެސް ލާފައިވާ މީހެކެވެ.